twitterviber whatsapp telegramfacebookyoutube instagram
12th August 2026

އިހަވަންދޫ ސްކޫލުގައި ކެޑޭޓް ހަރަކާތް ރަސްމީކޮށް ފަށައިފި

May 17, 2014

ހއ. އިހަވަންދޫ ސްކޫލުގައި ކެޑޭޓުގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި އެވެ.

ކެޑޭޓުގެ ހަރަކާތް ފަށާފައިވަނީ އެކަމަށް ހާއްސަކޮށް އެސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

13 މެއިވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކެޑޭޓުކޯ އިފްތިތާހު ކުރުމުގެ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނެޝަނަލް ކެޑޭޓުކޯގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރު އެވެ.

އެސްކޫލުގެ ކެޑޭޓު ހަރަކާތްތަކުގައި އިންސްޓުރަކުޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެދެއްވާފައިވަނީ އެމްއެންޑީއެފްގެ ކޯޕަރަލް މުޙައްމަދު އަސްލަމް އާއި ލާންސް ކޯޕަރަލް ފައުޒާން ޢަލީ ވަހީދު އެވެ.

ރަސްމިއްޔާތު ނިންމާލާފައި ވަނީ ކެޑޭޓު ދަރިވަރުންގެ ހުނަރު ދައްކާލުމަކުންނެވެ.

މޯލްޑިވެސް ނެޝަނަލް ކެޑޭޓުކޯގެ ނޮދަން އޭރިޔާގެ ކޮމާންޑަރ ކާނަލް ޢަބުދުﷲ ޒުހުރީ އާއި ނޮދަން އޭރިޔާގެ ބައެއް އިސް ބޭފުޅުން މިރަސްމިއްޔާތުގައި ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355