މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލުތަކުގެ 7 ދަރިވަރަކު ހިމެނިއްޖެ އެވެ.
ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޮޕް އެޗީވަރޒް އެވޯޑް ޖަލާލުއްދީން ސްކޫލްގެ 6 ދަރިވަރަކާއި އަފީފުއްދީން ސްކޫލުގެ އެއް ދަރިވަރަކު ހާސިލްކޮށްފައިވެއެވެ.
އެއީ ހުރީހާ މާއްދާއަކުން އޭ ފާސް ހޯދައިގެން އެއްވަނަ ހޯދި އަނާން ފަރީދާއި ދެވަނަ ހޯދި މުހައްމަދު އިބްރާހީމްގެ އިތުރުން ހަތަރުވަނައިގައި ހިމެނުނު ސިނާ ހަސަން އަދި ހަވަނައިގައި ހިމެނުނު އައިޝަތު ޖަޒީލާ ހުސައިން އާއި ސަނާ އިބްރާހީމެވެ. އަދި ނުވަ ވަނައިގައި ހިމެނުނު މުހަންމަދު އީމާން އާދަމްގެ އިތުރުން 5 ވަނާގައި ހިމެނުނު އަފީފުއްދީން ސްކޫލުގެ މުހައްމަދު އަރުޝަމެވެ.
ވޭތުވެދިޔަ އަހަރު ގަދަ ދިހައަކުން 478 ދަރިވަރަކު ޖާގަ ވަނީ ހޯދާފަ އެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި، ރާއްޖޭގެ 194 ސްކޫލަކުން 6181 ދަރިވަރަކު ބައިވެރިވެފައިވެފައި ވާއިރު، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 43 ޕަސެންޓެވެ.
އެއީ 2012 ވަނަ އަހަރާއި އަޅާ ބަލާއިރު 2 ޕަސެންޓްގެ ކުރިއެރުމެކެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށް “ސްކޫލް ޕްރޮގްރެސް އެވޯޑް” ލިބުމާ ގުޅިގެން އެ ސްކޫލަށް އެ އެވޯޑް ދީފައި ވެއެވެ.