twitterviber whatsapp telegramfacebookyoutube instagram
9th September 2025

އުތުރުގެ 10 ސްކޫލަކުން އެޗީމެންޓް އެވޯޑު ހޯދާ، 15 ސްކޫލަކުން ޕްރޮގުރެސިވް އެވޯޑު ހާސިލް ކޮށްފި

May 18, 2014

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލްތަކަށްދޭ އެޗީވްމަންޓް އެވޯޑް އުތުރުގެ 10 ސްކޫލަކުން ހޯދާ، 15 ސްކޫލަކުން ޕްރޮގުރެސިވް އެވޯޑު ހާސިލް ކޮށްފި އެވެ.

އެޗީވްމެންޓް އެވޯޑު ހާސިލް ކުރި އުތުރުގެ ސްކޫލުތަކަކީ ހއ. ދިއްދޫ ސްކޫލާއި އެއަތޮޅު ހޯރަފުށި ސްކޫލާއި ތުރާކުނު ސްކޫލާއި ހދ.ހަނިމާދޫ ސްކޫލާއި އެއަތޮޅު ކުރިނބީ އަދި ނެލައިދޫ ސްކޫލެވެ.މީގެ އިތުރުން ށ. ފުނަދޫ ސްކޫލާއި މާއުގޫދޫ ސްކޫލާއި މިލަންދޫ ސްކޫލު އަދި ކަނޑިތީމް ސްކޫލު ވަނީ އެޗީވްމެންޓް އެވޯޑު ހާސިލް ކޮށްފަ އެވެ.

ޕްރޮގުރެސިވް އެވޯޑު ހާސިލު ކުރި އުތުރުގެ ސްކޫލުތަކަކީ ހއ. ހޯރަފުށީ ސްކޫލާއި ތުރާކުނު ސްކޫލާއި މާރަންދޫ ސްކޫލާއި މުޅަދޫ ސްކޫލެވެ. އަދި ހދ. ނާވައިދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލާއި މަކުނުދޫ ސްކޫލާއިނެލައިދޫ ސްކޫލާއި ނޮޅިވަރަންފަރު ސްކޫލާއި ކުމުންދޫ ސްކޫލާއި ކުރިނބީ ސްކޫލެވެ. މީގެ އިތުރުން ށ.

މާއުގޫދޫ ސްކޫލާއި މަރޮށި ސްކޫލާއި ފޯކައިދޫ ސްކޫލާއި ގޮއިދޫ ސްކޫލެވެ.

އެޗީވްމެންޓް އެވޯޑު ހޯދި 35 ސްކޫލުގެ ތެރެއިން 10 ސްކޫލަކީ އުތުރުގެ ސްކޫލުތަކެވެ. އަދި ޕްރޮގުރެސް އެވޯޑް ހާސިލު ކުރި 62 ސްކޫލު ތެރެއިން 15 ސްކޫލަކީ ވެސް އުތުރުގެ ސްކޫލު ތައް ކަން ފާހަގަ ކުރެވެ އެވެ. އަދި އެއްއަތޮޅަކުން އެންމެ ގިނައިން ޕްރޮގުރެސިވް އެވޯޑު ހާސިލު ކޮށްފައިވަނީ ހދ އަތޮޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355