twitterviber whatsapp telegramfacebookyoutube instagram
8th July 2025

މަސްތުވާތަކެތި އަޅާފައިވާ 21 ރަބަރު ޕެކެޓާއެކު ޒުވާނަކު ކުޅުދުއްފުށިން އަތުލައިގެންފި

May 18, 2014

އާލިމް ހުސެއިން

މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ 21 ރަބަރު ޕެކެޓާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ޒުވާނަކު ހދ. ކުޅުދުއްފުށިން އިއްޔެ އަތުލައިގެންފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭސަނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން އިއްޔެ ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 20 އަހަރުގެ ފިރިހެން ކަމަށް ފުލުހުން ބުނެ އެވެ.ފުލުހުން ބުނީ އެމީހާ މަގުމަތިން ހިއްފަހައްޓާ އޭނާ ފާސްކުރިއިރު ގަމީހުގެ ޖީބުން މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ 21 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ފަޓުލޫނު ޖީބުން -/4300 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާއިން މައުލޫމާތުދެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާ އަކީ މާރާމާރީ އާއި ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ ތަހުޤީޤް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355