twitterviber whatsapp telegramfacebookyoutube instagram
10th April 2026

އިހަވަންދޫ އަށް ވާރޭނުވެހި ގިނަ ދުވަސްތަކެއް ވުމުން އިސްތިސްޤާ ނަމާދު ކުރުމަށް ކައުންސިލުން ނިންމައިފި

May 19, 2014

ހއ. އިހަވަންދޫ އަށް ވާރޭނުވެހި ގިނަދުވަސްވެ، ރައްޔިތުން ފެނަށް ޖެހުމުން އިސްތިސްޤާ ނަމާދު ކުރުމަށް ކައުންސިލުން ނިންމައިފި އެވެ.

އިހަވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފު ސޮއި ކުރައްވާ އިއްޔެ އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށަށް ވާރޭނުވެހި ގިނަދުވަސްތަކެއްވެ ރައްޔިތުން ފެނަށް ޖެހިފައިވާތީ ،ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން އިސްތިސްޤާ ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިސްތިސްޤާ ނަމާދު ކުރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 7:30 ގައި ޢާޒީ ފުޓްބޯޅަ ދަނޑުގައިކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އިސްތިސްޤާ ނަމާދު ކުރުމުގެ ކުރިން 4 ދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތަކަށް ވުމާއެކު 20 މެއި 2014 ވާ އަންގާރަ ދުވަހުން ފެށިގެން 4 ދުވަހު ރޯދަ ހިފުމަށާއި ކުރެވިފައިވާ ކުއްތަކަށް ތައުބާވެ، ރުޅިވެރިކަން ނެތިކޮށް އެކުވެރިކަން ބަދަހި ކުރުމަށާއި ޒަކާތާއި ސަދަގާތްދީ ހެޔޮކަންކަމަށް ހޭދަކޮށް އުޅުމަށްވެސް ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

އިސްތިސްޤާ ނަމާދުގައި ދެޖިންސުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިފައިވެ އެވެ.

އިސްތިސްޤާ ނަމާދަކީ ވާރޭނުވެހި ގިނަ ދުވަސް ވުމުން ވާރޭވެއްސެވުމަށް އެދި ﷲގެ ހަޒުރަތު ކުރާ ނަމާދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355