twitterviber whatsapp telegramfacebookyoutube instagram
10th April 2026

ޕަވަރސިސްޓަމް އަޕްގުރޭޑު ކުރުމަށްޓަކާ މާދަމާ ކުޅުދުއްފުށިން “އެއްކޮށް” ކަރަންޓު ކަނޑާލަނީ

May 19, 2014

ޕަވަރސިސްޓަމް އަޕްގުރޭޑު ކުރުމަށްޓަކާ މާދަމާ ކުޅުދުއްފުށިން އެއްކޮށް ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުންގެ ކުޅުދުއްފުށި ބުރާންޗުން ބުނެފި އެވެ.

އެބުރާންޗު މިއަދު އާއްމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕަވަރސިސްޓަމް އަޕްގުރޭޑު ކުރުމުގެ މަސައްކަތުގެ ތެރެއިން މާދަމާ މުޅި ރަށުން މަސައްކަތް ނިންމެންދެން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާނެކަމަށެވެ. އަދި މާދަމާ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާނީ މެނދުރު ފަހު 2:30 ގައި ކަމަށް އެއިއުލާނުގައިވެ އެވެ.

އިތުރަށް އެއިއުލާނުގައި ބުނެފައިވަނީ ކަރަންޓުގެ ކެނޑޭ ކޮންމެފަހަރަކު ކަރަންޓު އައުމުގެ ކުރިން،ބޭނުންކުރައްވާ އިލެކްޓޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ސާމަނެއްގެ ސުވިޗް ނިންވާލައިވާ ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށެވެ.

މާދަމާ ކުޅުދުއްފުށިން ކަރަންޓު ކަނޑިފައިހުންނަ ވަގުތު ކަރަންޓު ބޭނުން ކުރައްވާ ފަރާތަކަށް ދިމާވާނެ ދަތިތަކަށް މާއާފަށް އެދޭކަމަށް ވެސް އެކުންފުނިން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355