twitterviber whatsapp telegramfacebookyoutube instagram
10th April 2026

ނޮޅިވަރަމް ބަނދަރު ސަރަހައްދުގައި ޕާކެއް ހަދަނީ

May 21, 2014

ހދ. ނޮޅިވަރަމް ބަނދަރު ސަރަހައްދުގައި ޕާކެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކައުންސިލުން ހުޅުވާލައިފި އެވެ.

ނޮޅިވަރަމް ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރ އަބުދުއްރަހީމް ވިދާޅުވީ މިއީ މިއަންނަ ރޯދަމަހާ ދިމާކޮށް ބަނދަރު ސަރަހައްދުގައި ހިތްފަސޭހަކޮށްލުމުގެ ގޮތުން ހަދަން ގަސްތުކޮށްފައިވާ ޕާކެއް ކަމަށާއި ނަމަވެސް މިއީ ވަގުތީ ޕާކެއް ކަމަށެވެ. ސަބަބަކީ ނޮޅިވަރަމް ބަނދަރުގެ މަސައްކަތުގައި މިޕާކު ނެތި ދިއުން އެކަށީގެންވާކަމަކަށް ވާތީ އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 300 ފޫޓާއި 200 ފޫޓު ބޮޑު މިނުގައި ހަދާ މިޕާކަކީ ވަކި އުމުރަކަށް ހާއްސަ ކޮށްގެން ހަދާ ޕާކެއް ނޫން ކަމަށާއި ޕާކަކީ ހުރިހާ އުމުރުފުރާއަކަށްވެސް ގުޅޭ ގޮތަށް ހަދަން ނިންމާފައިވާ ޕާކެއް ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނެފައިވަނީ ޕާކުހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕާކު ހަދާނެ ގޮތަކާއި ޕާކުގައި ހިމަނާނެ ތަންތަނާއި ތަކެތީގެ ތަފްސީލް އެނގޭ ގޮތައް 25 މެއި 2014 އާދީއްތަ ދުވަހުގެ 00-14 ގެ ކުރިން ނޮޅިވަރަމް ކައުންސިލް އަށް ހުށައެޅުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355