twitterviber whatsapp telegramfacebookyoutube instagram
12th August 2026

1 އަހަރުން ނިންމަން ހަވާލުކުރި އޭއީސީ ހޯލުގައި 8 މަސް ދުވަސް ވީއިރު ހުރީ ހަމައެކަނި ތަނބުތަކެއް

May 22, 2014

– އާލިމް ހުސެއިން –

350 ދުވަހުގެ ތެރޭގައި ނިންމުމަށް ސުވިފްޓް އިންޖިނޭރިން ޕުރައިވެޓް ލިމިޓެޑްއާ ހަވާލުކުރި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު 8 މަސް ދުވަސް ވީއިރު ހަމައެކަނި ކޮޅަށް ޖަހާލެވިފައިވަނީ ތަނބުތަކެކެވެ.

އޭއީސީ ހޯލު އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ ވަނީ ވަރަށް ލަސްލަހުންނެވެ. ހޯލުގެ މަސައްކަތް މިހާމަޑުމަޑުން ކުރިއަށް ދާތީ ގިނަބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުންތައް ވަނީ އެމަސައްޖަތް ހަވާލުކުރެވިފައިވާ ސްވިފްޓް އިންޖިނިއަރިންގއަށް އަމާޒުވެފަ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ސުވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރ ސައުދުﷲ ހިލްމީ ވިދާޅުވީ ހޯލުގެ މަސައްކަތް ލަސްވަނީ އެޑްވާންސް ޕޭމަންޓް ލިބޭގޮތްވުން ލަސްވީމާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެޑްވާންސް ޕޭމަންޓް ލިބޭގޮތްވީ މަސައްކަތް އެފަރާތާ ހަވާލުކުރިތާ 2 މަސް ދުވަސް ފަހުން ކަމަށެވެ.

“އެޑްވާންސް ޕޭމަންޓް ލިބޭގޮތްވީ މަސައްކަތް ހަވާލުކުރިތާ 2 މަސް ދުވަސް ފަހުން” ސައުދުﷲ ވިދާޅުވި އެވެ.

މި ހޯލަކީ ސަރުކާރުން 6.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރ 30 ވަނަ ދުވަހު އެވެ. 455 މީހުންގެ ޖާގައިގެ މިހޯލުގައި 2 ފާހާނާ އާއި ސުޓޯރޫމެއްގެ އިތުރުން ވުޟޫކުރާނޭ ތަނަކާއި ނަމާދު ކުރާނެ ކޮޓަރިއެއްވެސް އަޅަން ހަމަޖެހިފައިވެ އެވެ. އަދި މިހޯލު އިމާރާތް ކުރަން ނިންމާފައިވަނީ އިންޑޯ ކުޅިވަރުތައްވެސް ކުޅެވޭނެ ގޮތަށެވެ.

[yass cats=73]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355