twitterviber whatsapp telegramfacebookyoutube instagram
12th August 2026

އިތުރު އައު 8 ޗެނަލާއެކު 56 ޗެނަލުގެ ޕެކޭޖު އަންނަ ޖޫންމަހު ވިއްކަން ފަށަނީ

May 22, 2014

އާލިމް ހުސެއިން

ކޭބަލު ޗޮއިސް އެންޑު ޕުލަސްއިން ކުޅުދުއްފުށީގައި ދެމުން އަންނަ ކޭބަލުގެ ހިދުމަތަށް މުޅިން އައު 8 ޗެނަލު އިތުރު ކޮށް 56 ޗެނަލުގެ ޕެކޭޖު އަންނަ މަހު ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ބުނެފި އެވެ.

މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޭބަލު ޗޮއިސް އެންޑު ޕުލަސްގެ ފަރާތުން ވާހަކަ ދެއްކި އަބުދުﷲ އަލީ ވިދާޅުވީ އެފާރާތުން ކުޅުދުއްފުށީގައި ދެމުން އަންނަ ކޭބަލުގެ ހިދުމަތް ފުޅާކޮށް މުޅިން އާ 8 ޗެނަލުއާ އެކު 56 ޗެނަލުގެ ޕެކޭޖެއް ވިއްކުމަށް ތައްޔާރުވަމުންދާ ކަމަށެވެ

އޭނާ ވިދާޅުވީ އަލަށް ތައާރަފުކުރާ 8 ޗެނަލުގެ ތެރެއިން 4 ޗެނަލަކީ އެޗުޑީ ޗެނަލު ކަމަށާއި ބާކީ އަނެއް 4 ޗެނަލަކީ އެސްޑީ ޗެނަލުތަކެއް ކަމަށެވެ. އަބުދުﷲ ވިދާޅުވީ އަލަށް ވިއްކަން ހަމަޖެހިފައިވާ 56 ޕެކޭޖު ވިއްކުމަށް ހަމަޖެހިފައިވަނީ 200 ރުފިޔާއަށް ކަމަށެވެ.

މީގެ އިތުރުން އެފަރާތުން އަންނަނީ އިލެކްޓުރޯނިކް ޕުރޮގުރާމް ގައިޑް (އީޕީޖީ) ނުވަތަ ކުރިއަށް އަންނަން ހުރި ޕުރޮގުރާމްތައް ބަލާލެވޭނެ ހިދުމަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ކޭބަލު ޗޮއިސް އެންޑު ޕުލަސް އިން ދެމުން އަންނަ 150 ރުފިޔާގެ 40 ޗެނަލުގެ ޕެކޭޖަށް އިތުރު ފީއަކާ ނުލައި ހިލޭވަނީ 8 ޗެނަލު މިމަސްތެރޭގައި އިތުރު ކޮށްފަ އެވެ.

ކޭބަލު ޗޮއިސް އެންޑު ޕުލަސްއިން ކުޅުދުއްފުށީގައި ވިއްކާ އެންމެ އަގުހެޔޮ ޕެކޭޖަކީ 100 ރުފިޔާއަށް 32 ޗެނަލުގެ ޕެކޭޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355