twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކިރްގިސްތާން ބަލިކޮށް ރާއްޖެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި

May 22, 2014

-އާލިމް ހުސެއިން-

ރޭގެ 9 ޖަހާއިރު ކުޅުނު ޗެލެންޖު ކަޕްގެ ގުރޫޕް އޭގެ 4 ވަނަ މެޗްގައި ރާއްޖެ އަދި ކިރްގިސްތާން ކުޅުނު މެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ރާއްޖެ އެވެ.

މެޗް ފެށުނީއްސުރެ ރާއްޖެ ވަނީ މެޗުގެ ކޮންޓުރޯލު ހޯދައި ހަމަލާތައް އުފައްދަން ފަށާފަ އެވެ. އެގޮތުން އަލީ އަޝްފާގަށް މެޗްގެ 9 ވަނަ މިނެޓުގައި ލިބުން ފުރުސަތު ފާހަގަކޮށްލެވެ އެވެ. މި ފުރުސަތުގައި އަޝްފާގު ޖެހި ބޯޅަ ވަނީ ކިރުގިސްތާންގެ ކީޕަރު ދިފާއުކޮއްފަ އެވެ. އަދިވެސް ރާއްޖައަށް މެޗްގެ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެއީ މެޗްގެ 27 ވަނަ މިނެޓުގައި އަލީ އަޝްފާގު ކިރުގިސްތާންގެ ޕެނަލްޓީ އޭރިޔާއަށް ނަގައިދިން ހުރަހަކުންނެވެ. ނަމަވެސް މުޅިން ހުސްކޮށް ހުރެފައި ބޮކުރީ ބޮލުން ޖަހާލި ބޯޅަ ދިއައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗްގެ ދެވަނަ ހާފުގައިވެސް ގިނަ ހަމަލާތައް އުފެއްދޭތޯ މަސަކަތްކުރީ ރާއްޖެއިންނެވެ. މިގޮތުން ކުރި މަސައްކަތުން ރާއްޖެއަށް ފެނަލްޓީއެއް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގަށް ކިރުގިސްތާނު ކުޅުންތެރިން ޕެނަލްޓީ އޭރިޔާތެރެއިން ކުރި ފައުލް އަކާއި އެކު ލިބުނު ޕެނަލްޓީއެކެވެ. މި ފައުލާއި އެކު ކިރުގިސްތާންގެ ޑިފެންޑަރ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ރާއްޖެއަށް ލިބުނު ޕެނަލްޓީ ޖަހާ ރާއްޖެއަށް ގޯލު ކާމިޔާބުކޮށްދިނީވެސް ޕެނަލްޓީ ހޯދައިދިން އަލީ އަޝްފާގެވެ. އެއީ އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ރާއްޖޭގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮއްދިނީ އަޝްފާގެވެ. އެއީ އޮއްޕޮ މަތިން އެއްލި ބޯޅައެއް ޕެނަލްޓީއޭރިއާގެ ތެރެއިން ހޯދައި އެވަގުތު އަރައިހުރި ކިރުގިސްތާންގެ ކީޕަރުގެ އަރިމަތިން ގޯލަށް ފޮނުވާލައިގެންނެވެ.

މި ލަނޑަށް ފަހު ރާއްޖެ ބޮޑަށް ފަހަތައްޖެހި ބެލީ ކިރުގިސްތާނު ކުޅުންތެރިން ލަޑެއް ޖެހިޔަނުދީ މެޗް ނިންމާލުމަށެވެ. އެގޮތުން ބޮޑަށް ބޯޅަ ހިފަހައްޓާ ވަގުތު ދުއްވާލުމުގެ މަސައްކަތްތައްވެސް ރާއްޖެ ކުރިއެވެ. މިއީ ފުޓްބޯޅައިގައި މޮޅުވެފައި އޮންނަޓީމު އާއްމުކޮށް ކޮށްއުޅޭ ކަންކަމެވެ.

މި މެޗްގައި ސަޕޯޓަރުން ވަރަށް ގަދަޔަށް ސަޕޯޓު ދިންކަން ފާހަގަ ކުރެވެއެވެ. އަދި ކުރީގެ ރައީސް މައުމޫން އާއި ނަސީދު މެޗްގެ ހާފްޓައިމްގައި ނެގި ސެލްފީއިން ދޭހަވަނީ ގައުމު އެކީގައި ރާއްޖޭގެ ގައުމީ ޓީމަށް ކާމިޔާބީ ލިބުމަށް އެދޭކަމެވެ.

މިގުރޫޕުގައި ރާއްޖެ ކުޅޭ ފަހުމެޗު ކުޅެވޭނީ 23 މެއި ވާ ހުކުރުދުވަހުގެ ރޭ 9 ޖަހާއިރު އެވެ.

[yass cats=75]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355