twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖަލާލުއްދީން ސްކޫލުގައި މަސައްކަތް ކުރާ ބިދޭސީ ދެ ޓީޗަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

May 24, 2014

ޖަލާލުއްދީން ސްކޫލުގައި މަސައްކަތްކުރާ އިންޑިޔާގެ ދެޓީޗަރަކަށް މަގުމަތިން ހަމަލާދީ މާރާމާރީ ހިނގައިފި އެވެ.

ދެޓީޗަރުންނަން ހަމަލާދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 9 ޖަހާއިރު ކުޅުދުއްފުށީ ޕޮލިސް ޓޭޝަނުންގައި އޮންނަ ޖިމު ނިންމާލުމަށް ފަހު އެބުރިގެ ދިއުމުގެ މަގުމަތިން ބައިސްކަލުގައި އައި 3 ވަރަކަށް މީހުންގެ ގުރޫޕަކުން ކަމަށް އިންޑިޔާގެ ޓީޗަރަކު މިނޫހަށް މައުލޫމާތު ދިނެވެ.

” ސިނަމާ އާއި ހަމައިން އެމީހުން ފާރަލަމުން އައީ،އެކަމަކު އެދެޓީޗަރުން އުޅޭގެއާއި ހަމައިން ތަޅާގަތީ ،ޕޮލިހަށް ގުޅަން އުޅުމުން އެމީހުން ބައިސްކަލަށް އަރައިގެން އަވަހަށް ދިޔައީ ” ނަންހާމަ ނުކުރުމަށް ޝަރުތުކޮށް އިންޑިޔާގެ ޓީޗަރެއް ބުންޏެވެ.

މިހާދިސާގައި އަނިޔާ ލިބިފައިވަނީ ޖަލާލުއްދީން ސްކޫލުގައި ކެމިސްޓްރީ ޓީޗަރަކަށާއި ޓުރެވަލް އެންޑް ޓޫރިޒަމް ކިޔަވައިދެއްވާ ޓީޗަރަކަށެވެ. މިހާދިސާގައި އެމީހުންނަން ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ވަނީ ސާފުނުވެފަ އެވެ.

ފުލުހުން ބުނީ ދެޓީޗަރަކަށް ރޭގެ ވަގުތެއްގައި ހަމަލާދީ މާރާމާރީ ހިނގި ކަމުގެ މައްސަލަ ކުޅުދުއްފުށީ ޕޮލިސް ޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެބިދޭސީ ޓީޗަރުންނަކީ ވަރަށް ފަހު އެސްކޫލާއި ގުޅުނު ދެޓީޗަރުންނެވެ.

.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355