twitterviber whatsapp telegramfacebookyoutube instagram
28th September 2026

އޭއީސީ ސެން ކުލާހުގެ ދަރިވަރުން މައުލޫމާތު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކޮށްފި

May 24, 2014

ހދ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ގެންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން މައުލޫމާތު ހޯދުމަށް ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ބައެއް މުއްއަސަސާތަކަށް ބުރާސްފަތި ދުވަހު ޒިޔާރާތް ކޮށްފި އެވެ.

” އަހަރެމެންނަން އެހީވަމަތޯ” މިތީމުގެ ދަށުން މިކުދިން ޒިޔާރަތް ކޮށްފައިވަނީ ކަސްޓަމްސް އަށާއި ޕޮލިސް ޓޭޝަނަށާއި އެމްއެންޑީއެފް އަދި ފަޔާ ސްޓޭޝަނަށެވެ. މިތަންތަނުން ގެންގުޅޭ ބައެއް އާލާތައް މިކުދިންނަން ދައްކާލާފައިވެ އެވެ.

ސެން ކުލާހުގެ ފަރާތުން ވާހަކަ ދައްކަމުން ފާތުމަތު މުހައްމަދު (ފާތުން މިސް) ބުނީ މިކަމުގެ މަގުސަދަކީ މިތަންތަނާއި ބެހޭ މައުލޫމާތު ހޯދާ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން މީހުންނާއި މުއާމަލާތް ކުރުމުގެ ހުނަރު އިތުރުކޮށް މުޖުތަމައުގެ އުޅޭއިރު ރިވެތި އާދަތައް ދަސްކޮށްދިނުން ކަމަށެވެ.

އޭނާ އިތުރަށް ބުނީ ސެން ކުލާހުގެ ކުދިން މައުލޫމާތު ހޯދުމަށް އެއޮފީސް ތަކަށް ޒިޔާރަތް ކުރުމުން އެއޮފީސް ތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދިންކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ކުރިއަށް އޮތަނުގައި ވެސް މިފަދަ ތަފާތު ޕުރޮގުރާމް ހިނގުމަށް ހަމަޖެހިފައިވާ ކަމަށް ފާތުން މިސް ބުންޏެވެ.

[yass cats=77]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293