މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލުގައި ވަޒީފާ އަދާކުރާ އިންޑިޔާގެ 2 ޓީޗަރަކަށް މަގުމަތިން ދަނިކޮށް ހަމަލާދީ މާރާމާރީ ހިނގިކަމުގެ ތުހުމަތުގައި އެސްކޫލުގެ ދަރިވަރަކު ހައްޔަރު ކޮށްފި އެވެ.
ޖިމު ނިންމާލުމަށް ފަހު ގެއަށް ދަނިކޮށް ދެ ޓީޗަރަކަށް ހަމަލާދީ މާރާމާރީ ހިނގިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އެސްކޫލުގެ ގުރޭޑް 9 ގައި ކިޔަވަމުން އަންނަ އުމުރުން 15 އަހަރުގެ ދަރިވަރެކެވެ.
ފުލުހުން ބުނީ ބިދޭސީ 2 ޓީޗަރުންނަން ހަމަލާދިން މައްސަލާގައި 18 އަހަރު ނުފުރޭ ކުއްޖަކު ރޭގެ 18:30 ގައި ހައްޔަރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.