twitterviber whatsapp telegramfacebookyoutube instagram
13th February 2026

ކުޅުދުއްފުށީ ފުޓްސެލް ދަނޑުގެ މަސައްކަތް ޖޫން މަހު ނިންމާ ލެވޭނެ: އެމްއެންޑީއެފް

May 26, 2014

ޔޫތު މިނިސްޓްރީގެ “ސްޕޯޓްސް އެރީނާ މަޝްރޫއު”ގެ ދަށުން ކުޅުދުއްފުށީގައި ހަދަމުންގެންދާ ޓާފް ފުޓްސެލް ދަނޑުގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ވިދާޅުވީ މި އަންނަ މަހު މެދެއްހާ ހިސާބުގައި ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އެހެންނަމަވެސް ދަނޑު ހުޅުވާނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

“މަސައްކަތް އަންނަ މަހުގެ މެދެއް ހާ ހިސާބުގައި އެއްކޮއް ނިމޭނެ. ނަމަވެސް އަދި ދަނޑު ރަސްމީކޮށް ހުޅުވާނެ ތާރީހެއް ދަންނަވާކަށް ނޭނގެ” އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޓްސެލް ދަނޑު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދާ މަސައްކަތަކީ ޓާފް އެޅުމުގެ ކުރިން އަޅާ ތަޅުން އެޅުމުގެ މަސައްކަތާއި ދަނޑު ބޭރުގައި ސިމެންތި ޖެހުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތަކީ އެސްޓީއޯއިން ތަކެތި ދީގެން ސިފައިން ކުރަމުންގެންދާ މަސައްކަތެކެވެ. 13 އޭޕްރީލްގައި ހަދަން ފެށުނު މި ފުޓްސެލް ދަނޑުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 90 ދުވަހުގެ ތެރޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355