twitterviber whatsapp telegramfacebookyoutube instagram
28th September 2026

ނޭކުރެންދޫ ޖަލުގެ މަސައްކަތް ހުއްޓިފައިވަނީ ބަޖެޓު ނެތުމުން: މިނިސްޓްރީ

May 26, 2014

ހދ. ނޭކުރެންދޫ އާއި ކ. ކާށިދޫގައި އެޅުމަށް ހަމަޖެހިފައިވާ ދެ ޖަލުގެ މަސައްކަތް ހުއްޓިފައިވަނީ ބަޖެޓު ނުލިބިގެން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގާ ހަވާލާދީ ވީނިއުސްގައި ބުނެފައިވަނީ މިހާރު އޮތްގޮތުން މިއަހަރުގެ ބަޖެޓުން އެ ދެ ޖަލުގެ މަސައްކަތް ކުރުމަށް އެއްވެސް ފައިސާއެއް ހަމަޖެހޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސިއްދީގު ވިދާޅުވީ އެ ދެ ޖަލުގެ މަސައްކަތް ފެށިގެންދާނީ 2015 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފައިސާ ލިބުމުން ކަމަށެވެ.

މި ދެ ޖަލު ހެދުމަށް ނިންމިތާ 3 އަހަރު ދުވަސް ވީއިރު އެއްވެސް އަމަލީ މަސައްކަތެއް ފެނިފައެއް ނުވެ އެވެ.

މިދެ ޖަލު އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ނޭކުރެންދޫގައި 300 ގައިދީންގެ ޖާގައިގެ ޖަލެއް އެޅުމަށް ހަމަޖައްސާފައިވާއިރު ކާށިދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 700 ގައިދީންގެ ޖަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293