މާރާމާރީގެ ޝިކާރައަކަށްވި ޓީޗަރު މިއަދު މާލެ ފޮނުވާލައިފި އެވެ.
ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގައި ޓްރެވަލް އެންޑް ޓުއަރިޒަމް ކިޔަވައިދޭ ޓީޗަރު މާލެ ފޮނުވާލުމާ ގުޅޭގޮތުން މިނޫހަށް މައުލޫމާތު ދެއްވަމުން ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވީ އެ ޓީޗަރު މާލެ ފޮނުވާލާފައި ވަނީ ދެވަނަ ފަހަރަށް ބަޔަކު ހަމަލާދީ މާރާމާރީ ހިންގުމުން ކަމަށެވެ. އަދި މީގެ ކުރިންވެސް އޭނާއަށް ހަމަލާދީ މާރާމާރި ހިންގުމުން އޭނާ ފޮނުވާލަން އުޅެފައިވާނެ ކަމަށާއި އެފަހަރު އޭނާ އަމިއްލައަށް އެދުމުން ފޮނުވާނުލައި ބެހެއްޓީ ކަމަށެވެ.
ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލް ވިދާޅުވީ ޓީޓީ ޓީޗަރު ފޮނުވާލަން ދެ ދުވަހެއް ކުރިން ހަމަޖެހިފައިވީނަމަވެސް ދަތުރު ކުރެވޭނެ ގޮތް ހަމަނުޖެހުމުން ލަސްވީ ކަމަށެވެ.
ސުކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ވަނީ މި މައްސަލައާ ގުޅިގެން ސްކޫލަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ. މި ޕެޓިޝަނާ ބެހޭގޮތުން ސްކޫލުން ބުނީ ބިދޭސީ ޓީޗަރުން ބޭނުންވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުންނާއި ދިމާވާ މިފަދަ ހާދިސާތަކާ ބެހޭގޮތުން މިނިސްޓްރީއާ ވާހަކަ ދައްކާލުމަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ ޓީޗަރުން ތައްޔާރުކުރި ޕެޓިޝަން ކުޅުދުއްފުށީ ކައުންސިލަށް ވެސް ވަނީ ހުށަހަޅާފައެވެ.
މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި ސްކޫލް ކުއްޖާ މިހާރުވަނީ ދޫކޮއްލާފަ އެވެ.
މާރާމާރީއެއް ހިންގާ ޓީޗަރަކު ފޮނުވާލައިފިނަމަ އެޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަދައްކާ މަސައްކަތް ކުރާ ތަން ބަދަލުކުރެވޭނެ އެވެ.
މީގެ ކުރިންވެސް ކުޅުދުއްފުށީގައި ބިދޭސީ ޓީޗަރަކަށް ހަމަލާދިން މައްސަލައެއްވަނީ ފެންމަތި ވެފައެވެ. އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެއެވެ.