ހދ. ކުޅުދުއްފުށީގައި ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ އެދުމަށް ހެޑް އޮފީސް ހެދުމަށް ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ 22 މެއިގައި އޮފީސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ސަރުކާރުގެ ގެޒެޓުގައި އިއުލާނު ކޮށްފައިވެ އެވެ.
މިމަހުގެ 25 ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އޮންނާނެ އެވެ. ބީލަން ފޮތެއްގެ އަގަކީ 500ރ އެވެ.
މިޕްރޮޖެކްޓްގެ ފްރީބިޑް ބައްދަލުވުން 1 ޖޫން ގައި އޮންނަ އިރު ބިޑް ހުޅުވުން އޮންނާނީ 11 ޖޫންގަ އެވެ.
މި ޕްރޮޖެކްތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 45،000ރ ހުށަހަޅަން ޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 ދެވަހެވެ. އަދި ޕާފޯމަންސް ސެކިއުރިޓިގެ ގޮތުގައި ހުށަހަޅަންޖެހެނީ ކޮންޓްރެކްޓް އަގުގެ 5 އިންސައްތަ އެވެ.