twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ. އަތޮޅުގައި އިންސާނީ ވަސީލަތްތައް ޒަމާނާ އެއްގޮތަށް ލިބޭކަށް ނެތް: ކައުންސިލު މެންބަރު މުހައިމިނު

May 31, 2014

ހދ. އަތޮޅުގައި އެކަށީގެންވާ އިންސާނީ ވަސީލަތްތައް ޒަމާނާ އެއްގޮތަށް ލިބެން ނެތް އިރު ރައްޔިތުން ދިރިއުޅެމުންދަނީ ކަންބޮޑުވުމާއި މާޔޫސްކަންމަތީ ކަމަށް އަތޮޅު ކައުންސިލުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަބުދުލް މުހައިމިނު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން މުހައިމިނު ވިދާޅުވީ ހދ. އަތޮޅުގައި އެކަށީގެންވާ ވަރަށް އާމްދަނީއެއް ލިބެންނެތްތާ އިންސާނީ ވަސީލަތްތައް ވެސް ޒަމާނާ އެއްގޮތަށް އަތޮޅުގައި ލިބެންނެތް ކަމަށެވެ.

” އާމްދަނީއެއް ލިބެން ނެތްތާ އަޅުގަނޑުމެން ދިރިއުޅެވޭނެ އިންސާނީ ވަސީލަތްތައް ވެސް ޒަމާނާ އެއްގޮތަށް ލިބުން ވަނީ ދަތިވެފަ. އެއީ ތައުލީމުކަމުގައި ވިޔަސް ނުވަތަ ސިއްހީ ހިދުމަތްކަމުގައި ވިޔަސް އަދި އެހެނިހެން ދާއިރާތައް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ހާލަތު މިހުރީ މިދެންނެވި އުސޫލުގެ މަތިން.” އަތޮޅު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރައްވާ މުހައިމިނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހދ. އަތޮޅުގެ ރައްޔިތުންނަށް ލިބެމުންދަނީ އެކަށީގެންވާ މިންވަރެއް ނޫންކަމަށެވެ. ހދ. އަތޮޅު ކައުންސިލުން ދަނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަމުންކަމަށާއި އަތޮޅުގެ ހާލަތު ސަރުކާރާ ހިއްސާކުރުމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް މުހައިމިނު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުގެ މިދަތުރުގައި ވައިކަރަދޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކާ ވަނީ ބައްދަލުކޮށް އެފަރާތަކުގެ ޝަކުވާތައް އަޑުއަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355