twitterviber whatsapp telegramfacebookyoutube instagram
18th April 2024

ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ނިއުރޭޑިއަންޓް ޓީމުގައި ކުޅުދުއްފުށީގެ ދެ ކުޅުންތެރިން ހިމެނިއްޖެ

Jun 7, 2014

ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ނިއުރޭޑިއަންޓް ޓީމުގައި ކުޅުދުއްފުށީގެ ދެ ކުޅުންތެރިން ހިމެނިއްޖެ އެވެ.

ނިއުރޭޑިއަންޓް ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ނެގި 25 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މުޒްނާ ހަސަން މެސްކޮޓް އަދި ޝައުފާ އިބްރާހިމް ހިލްމީ މޫން ސްޓާރ އެވެ. ނިއުރޭޑިއަންޓް ޓީމުގައި އިންޑިޔާގެ ޤައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިންވެސް ހިމެނެ އެވެ.

މި ނޫހާ މައުލޫމާތު ހިއްސާކުރަމުން މުޒްނާ ބުނީ އަމިއްލަ ގޮތުން އިސްނަގައިގެން ޕްރެކްޓިހުގައި ބައިވެރިވީ މީގެ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި ހަމަސް ދުވަސް ވަންދެން ޕްރެކްޓިސް ކުރަމުން އައި ޓީމެއްގެ ސްކޮޑަށް ހޮވުމުން ވަރަށް އުފާވި ކަމަށެވެ.

މުޒްނާ ބުނީ އަމާޒަކީ ފުރަތަމަ 11 އިން ޖާގަ ހޯދާ އަދި ރާއްޖޭގެ ޤައުމީ ޓީމުން ޖާގައެއް ހޯދުން ކަމަށެވެ.

މުޒްނާގެ އިތުރުން ނިއުރޭޑިއަންޓްގެ ޓީމުގައި ހިމެނިފައިވާ އަނެއް ކުޅުންތެރިޔާ ޝައުފާ އިބްރާހިމަކީ ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރެކެވެ.

މި މަހުގެ 8 ވަނަ ދުވަހު ފަށާ މި މުބާރާތުގައި ޖުމްލަ 4 ޓީމު ބައިވެރިވެ އެވެ. އެގޮތުން ނިއުރޭޑިއަންޓް މިމަހުގެ 9 ވަނަ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެމްއެންޑީއެފްއާ އެވެ. އަދި ދެވަނަ މެޗުގައި މިމަހުގެ 11 ވަނަ ދުވަހު ޕޮލިސް ކުލަބާ ދެކޮޅަށް ކުޅޭއިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިމަހުގެ 13 ވަނަ ދުވަހު ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސަން ޓްރެވެލްސްއާ އެވެ.

މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާފަންނު ލައިފްބޯއީ ޓާފް (ޓާފް 1) ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355