twitterviber whatsapp telegramfacebookyoutube instagram
19th April 2024

އޭއީސީގެ ޓީޗަރުން ތަޖުރިބާ ހޯދަން ލަންކާއަށް

Jun 8, 2014

ހދ. ތައުލީމީ މަރުކަޒުގެ 14 ޓީޗަރަކު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސްރީލަންކާގެ 3 ސްކޫލަކަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ހދ. އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހިމް ރަޝީދު ވިދާޅުވީ މި ދަތުރުގައި ބައިވެރިވެފައި ވަނީ ސްކޫލުގެ 4 ލީޑިން ޓީޗަރަކާއި 10 ޓީޗަރުން ކަމަށެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ މި ދަތުރުގެ ހަރަދުތައް ކޮށްފައިވަނީ އެ ބޭފުޅުންގެ އަމިއްލަ ޖީބުން ކަމަށާއި މިއީ ސްކޫލު ހިންގާ ގޮތާއި ކިޔަވައިދޭ ގޮތްތަކުގެ ތަޖުރިބާ ހޯދުމަށް ކުރާ ޒިޔާރަތެއް ކަމުގަ އެވެ.

“މިއީ ކިޔަވައިދިނުމާއި ސްކޫލް ހިންގުމާއި ބެހޭގޮތުން ތަޖުރިބާ ހިއްސާކުރުމަށް ކުރާ ޒިޔާރަތެއް” ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރުގެ ސަބަބުން ސްކޫލު ހިންގުމާއި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ދަތުރުގައި ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ލީސީއަމް އިންޓަނޭޝަނަލް ސްކޫލާއި ރީޖެންޓް އިންޓަނޭޝަނަލް ސްކޫލުގެ އިތުރުން ސަސެކްސް ކޮލެޖަށެވެ.

އޭއީސީގެ ޓީޗަރުން މި ދަތުރުގައި ލަންކާގައި ހަފުތާއެއް ހޭދަކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355