twitterviber whatsapp telegramfacebookyoutube instagram
15th May 2025

ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓުގެ ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

Jun 8, 2014

ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓް އެޅުމަށް ޝައުގުވެރިވި ފަރާތަކަށް ހުޅުވާލި ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް “ވީމީޑިއާ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް ހަތަރު ފަރާތަކުން އެކްސްޕްރެޝަން އޮފްއިންޓްރެސްޓް (އީއޯއައި) ހުށަހަޅާފައިވާ ކަމަށެވެ.

އީއޯއައި ހުށަހެޅި ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ކުރިން ދީފައިވަނީ ނިމިދިޔަ މެއި މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށެވެ. ބިޑް ހުށަހެޅުމުގެ މުއްދަތު މިހާރު އިތުރުކޮށްފައިވަނީ މި ޖޫން މަހުގެ ނިޔަލަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ މި މުއްދަތު އިތުރުކުރީީ އީއޯއައި ހުށަހެޅި ފަރާތްތަކުން އެއާޕޯޓް އަޅާ ސަރަހައްދު އަމިއްލައަށް ބަލައި ސާވޭކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގެ މަށިކުޅީގެ ބަޔެއް ހިއްކައިގެންނެވެ. އަދި މިހާރު ހުރި 109 ގޯތި ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އަޅަ ފަރާތަކަށް 50 އަހަރަށް ފަޅު ރަށެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން އެއާޕޯޓު އަޅާ ފަރާތުން ބޭނުންވާނަމަ އެއާޕޯޓުގެ ހިންގަން 25 އަހަރު ދުވަހުގެ މުއްދަތަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355