twitterviber whatsapp telegramfacebookyoutube instagram
14th May 2025

ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 10 ގެ ދަރިވަރުންގެ ސްޓަޑީ ކޭމްޕް ފަށައިފި

Jun 10, 2014

ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 10 ގެ ދަރިވަރުންގެ ސްޓަޑީ ކޭމްޕެއް ފެށިގެން ކުރިއަށްދާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދު ވިދާޅުވީ މި ކޭމްޕަކީ ގުރޭޑް ދިހައެއްގެ ދަރިވަރުންގެ ފެންވަރު ރަނގަޅުކޮށް ކިޔެވުމަށް އެ ދަރިވަރުން ޝައުގުވެރި ކުރުވުމަށް ބާއްވާ ކޭމްޕެއް ކަމަށެވެ.

ޕްރިންސިޕަލް މަހުދީ ވިދާޅުވީ ބެލެނިވެރިންނާއި ދަރިވަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުން އަންނަ ކަމަށެވެ. އެގޮތުން ބެލެނިވެރިން ވަނީ ކޭމްޕްގައި އުޅޭ ވަގުތު ދަރިވަރުން ލައިގެން އުޅުމަށް ހާއްސަ ޓީޝާޓުތަކެއް ގަނެފަ އެވެ.

އަދި ކޭމްޕް ނިންމުމަށް ބާއްވާ ހަފުލާގެ ކެއުމުގެ ކަންކަން ވެސް ބެލެނިވެރިން ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ދަރިވަރުންގެ ޓީޝާޓުތަކުގައި ތައްގަނޑު ޖަހާފައި ވަނީ އެ ދަރިވަރުން އަމިއްލަ އަށް ކަމަށާއި މިކަމުން ވެސް މި ކޭމްޕަށް ދަރިވަރުންހުރި ޝައުގުވެރިކަން ހާމަކޮށްދޭ ކަމުގައި ވެސް ޝާހިދު ވިދާޅުވި އެވެ.

މި ކޭމްޕް ކުރިއަށްދަނީ ހެނދުނު 7:30 އިން ރޭގަނޑު 22:00 އަށް ކަމަށެވެ. އަދި ހެނދުނު އާއި މެންދުރު ދެވޭ ބުރޭކުގެ އިތުރުން 16:30 އިން 20:30 އަށް ކުދިން އާއިލާއާ އެކު ވަގުތު ހޭދަކޮށްލައި ނަމާދުކުރުމަށް ބުރޭކެއް ދެމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

މި ކޭމްޕްގައި ގުރޭޑް ދިހައެއްގައިި ކިޔަވައިދޭ ހުރިހާ މާއްދާއެއް ކިޔަވައިދޭއިރު ކޮންމެ ގަޑިއެއް ދޮޅު ގަޑިއިރަށް ދެމިގެންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355