twitterviber whatsapp telegramfacebookyoutube instagram
14th May 2025

ވައިކަރަމުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމާ މެދު ކެބިނެޓުގައި މަޝްވަރާކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެ

Jun 12, 2014

ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ދޫކޮށްފައިވާ ހދ. ވައިކަރަމުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމާ މެދު ކެބިނެޓުގައި އާދިއްތަ ދުވަހު މަޝްވަރާކުރައްވާނެ ކަމަށް އެލްޖީއޭގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރ ނާޒިމް އާ ހަވާލާދެއްވާ ހދ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވީ ޑިފެންސް މިނިސްޓަރ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ރައީސް މުހައްމަދު ނާޒިމް މިހެން ވިދާޅުވީ އެލްޖީއޭގެ ފަރާތުން ހދ އަތޮޅު ކައުންސިލާއެކު މިއަދު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އެލްޖީއޭގެ ބޯޑު މެންބަރުން އުތުރުގެ 2 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވާ އެކައުންސިލަށް ދިމާވެފައިވާ ދަތިތަކާ މި ސަރަހައްދުގައި ހުރި ތަރައްޤީގެ ބައެއް ކަންތައްތަކުގެ ޝަކުވާ އެލްޖީއޭގެ ބޯޑު މެންބަރުންނާ ވަނީ ހިއްސާކޮށްފަ އެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު “ކުޅުދުއްފުށި އޮންލައިން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އަތޮޅުގައި ހުރި ބޮޑެތި މައްސަލަތައް އެލްޖީއޭގެ ރައީސް އާއި ބޯޑުމެންބަރުނާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކަންތައްތައް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން އެލްޖީއޭގެ ރައީސް މުހައްމަދު ނާޒިމާ ހިއްސާކުރެއްވި ކަމަށެވެ.

އަދި އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކާއި އަތޮޅުގައި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ އެކަށީގެންވާ މަސައްކަތައް ކުރިއަށްނުގޮސް ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ވެސް އެލްޖީއޭގެ ބޯޑާ މިއަދު ހިއްސާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެލްޖީއޭގެ ރައީސް މުހައްމަދު ނާޒިމާ ހަވާލާދެއްވާ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ހެލްތް މިނިސްޓަރީއާ ހިއްސާ ކުރައްވާނެ ކަމަށެވެ. އާދަމް ނާސިރު ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން އެކަށީގެންވާ ހެޔޮބަދަލުތަކެއް އަވަސް މުސްތަގުބަލެއްގައި ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ

ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ރަށެއްގެ ގޮތުގައި ހދ. ވައިކަރަމުރައިދޫ ހަމަޖެއްސުމަށް ހދ އަތޮޅު ކައުންސިލުގެ 10 މެންބަރުން ސޮއި ކުރައްވާ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355