“ސިންޕްލީ ޑޫ ވޮންޑަރސް” ގެ ނަމުގައި އުރީދޫއިން ފުޓޫބޯޅަ އާއި މޯބައިލް ޓެކްނޮލޮޖީ ހިމަނައިގެން ފެށި ފުރަތަމަ ގުރޫޕް ކެމްޕެއިން މެދުވެރިކޮށް މެސީއާ ބައްދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އޭޝިއާ، މެދުއިރުމަތި އަދި އުތުރު އެފްރިކާގެ އުރީދޫގެ ސޯޝަލް މީޑިއާ އަދި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ފެށި މި ކެމްޕެއިންގައި ޒުވާން ކުދިންގެ ފުޓުބޯޅަ ހުނަރު ދައްކައިދޭ ވީޑިއޯ ކުރުމަށްފަހު އިންސްޓެގުރާމް މެދުވެރިކޮށް އަޕްލޯޑް ކުރުމުން މެސީއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މެސީއާ ބައްދަލުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން މީޓްމެސީ ހޭޝްޓެގް ބޭނުންކޮށްގެން އެފަދަ ވީޑިއޯ އަޕްލޯޑު ކުރުމުން އެންމެ ފުރިހަމަ ހުނަރުތައް ދައްކުވައިދޭ ވީޑިއޯތަށް ސިމްޕްލީ ޑޫ ވޮންޑަރސް ވެބްސައިޓުން ފެނިގެން ދިއުމާއި ހާއްސަ ފުޓުބޯޅަ މެޗުތައް ބަލައިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
“ވަރަށް އުފާކުރަން އުރީދޫއާ އެކު މިކެންޕެއިންގައި ބައިވެރިވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންގެ ކުޅިވަރު ހުނަރާއި އަޖައިބު ކުރުވަނިވި ކަންތައްތައް ކުރުމަށް ބާރު އެޅޭތީ. އުއްމީދުކުރަން ވާދަކުރާ ބައިވެރިން ގަދައަޅާ މަސައްކަތްކޮށް އުއްމީދުތަކާ އެއްކޮށް ބައިނަލްއަގުވާމީ ފުޓުބޯޅައިގެ އައު ޖީލުތަކަށް ވެގެންދާނެ ކަމަށް” މި ކެމްޕެއިންއާ ބެހޭގޮތުން މެސީ ހާމަކޮށްފައިވެ އެވެ.
މި ކެމްޕެއިނާއެކު އުރީދޫގެ އިތުރު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ އެންމެ ފަހުގެ ހަބަރުތައް “ފުޓުބޯޅަ ސާވިސަސް”ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށް ލިބިދޭ ހިދުމަތެއް ލިބިގެންދާނެ އެވެ. އަދި މެޗުތަކުގެ ސްކޯ ދިމާކޮށްގެން ކޮންމެ ހަފްތާއަކު އައިޕެޑް މިނީ އަދި ވޯލްޑް ކަޕް ނިމިގެން ދާއިރު އެސްއެމްއެސް ކުރެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ އެއްފަރާތަކަށް ސައިކަލެއް ދިނުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.
އުރީދޫއިން މައުލޫމާތުދޭ ގޮތުގައި މި ކެމްޕެއިނުގެ މައިގަނޑު މަގުސަދަކީ އުރީދޫ ބްރޭންޑާއި ފީފާ ވޯލްޑްކަޕްގައި ދައުރާއި ހުރި ގުޅުން ދައްކާލުމުގެ އިތުރުން އުރީދޫގެ ކަސްޓަމަރުން އެކުންފުނީގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅައަށް ކުރާ ލޯބި މެދުވެރިކޮށް ގުޅުން ބަދަހިކުރުމާއި ކުޅިވަރުތަރިންގެ އައު ޖީލެއް އުފެއްދުމަށް އެހީތެރިވުމެވެ.
އުރީދޫ އިން ލިއޯ މެސީ ފައުންޑޭޝަންއާ ގުޅިގެން މޯބައިލް ހެލްތް ކުލިނިކް ޕްރޮގުރާމްދަނީ އިންޑޮނޭޝިއާ، މިއަންމާ، އަލްޖީރިއާ އަދި ޓޫނީޝިއާގައި ކުރިއަށް ގެންދަމުންނެވެ.