twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުށީގައި އަޅާ ފުޓްސަލް ދަނޑު ޑިފެންސް މިނިސްޓަރ ބައްލަވައި ލައްވައިފ

Jun 14, 2014

ޔޫތު މިނިސްޓްރީގެ “ސްޕޯޓްސް އެރީނާ މަޝްރޫއު”ގެ ދަށުން ކުޅުދުއްފުށީގައި ހަދަމުންގެންދާ ޓާފް ފުޓްސެލް ދަނޑުގެ މަސައްކަތް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމު ބައްލަވައި ލައްވައިފި އެވެ.

އެލްޖީއޭގެ ބޯޑުމެމްބަރުންނާއެކު 2 ރަށަކަށް މިނިސްޓަރު ކުރައްވާމުން ގެންދަވާ ދަތުރުފުޅުގައި ފުޓްސެލް ދަނޑުގެ ހެދުމުގެ މަސައްކަތް މިނިސްޓަރ ބައްލަވައި ލެއްވީ މިއަދު ބުރާސްފަތި ދުވަހުގެ މެންދުރު އެވެ. ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަތޮޅު ކައުންސިލަރު އަދި ރަށުކައުންސިލުގެ މެންބަރުން ދަނޑުގެ އަމަލީ މަސައްކަތްތައް ވަނީ ބައްލަވާލައްވާފަ އެވެ.

މީގެ ކުރިން މިނޫހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ވިދާޅުވީ މި އަންނަ މަހު މެދެއްހާ ހިސާބުގައި ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355