twitterviber whatsapp telegramfacebookyoutube instagram
8th July 2025

ކުޅުދުއްފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

Jun 15, 2014

ކުޅުދުއްފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުށީގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ރަށުގެ ހަތަރު ސަރަހައްދެއްގައި ވީސީޕީ ޖަހައި ވެހިކަލްތައް ބަލައި ފާސްކޮށްފައި ވެއެވެ.

ކުޅުދުއްފުށީ ކުށް މަދު އަމާން ވެއްޓެއް ގާއިމުކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 51 ވެހިކަލެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ޓްރެފިކް ގަވައިދާ ހިލާފުވުމާ ގުޅިގެން 16 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ރޯޑްވާދިނަސް މައްސަލަތަކާއި އިންސްއަރެންސް ނެތުމާއި އަހަރީ ފީ ނުދެއްކުމުގެ އިތުރުން އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުގެ މައްސަަލަތައް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ޓްރެފިކް އޮޕަރޭޝަނުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލްވެސް ބައިވެރިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355