ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު މި ހަފުތާގެ ތެރޭގައި ކުޅުދުއްފުށީގެ ގޭބިސީތަކަށް ބަހަން ފަށާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކޮންމެ ގޭބިސީ އަކަށް ކަދުރު ޕެކެޓެއް ހަމަވާ ވަރަށް ލިބިފައިނެތުމުން ކަދުރު ބަހަން ހަމަޖެހިފައިވަނީ ކަދުރު ޕެކެޓް ދެ ބައި ކޮށްލައިގެން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ ބައިކުޅަބައި ކަމަށެވެ.
އެހެންނަމަވެސް ކުޅުދުއްފުށްޓަށް ލިބިފައިވަނީ ކިހާ ކަދުރެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ސައުދީ ސަރުކާރުން ކޮންމެ ރޯދަމަހަކާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ކަދުރު ހަދިޔާކުރެއެވެ.