twitterviber whatsapp telegramfacebookyoutube instagram
14th May 2025

ކުޅުދުއްފުށި އޮންލައިން ޓިކެޓް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އައިޝަތު ލައިޒާ

Jun 18, 2014

ކުޅުދުއްފުށި އޮންލައިން އިން މޯލްޑިވިއަންގެ ޓިކެޓް ވިއްކުން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އައިޝަތު ލައިޒާ، މއ ޗަމްޕާމާގެ ހޮވިއްޖެ އެވެ.

އެޕްރީލް މަހުގެ 15 އިން ޖޫން 15 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންއަކީ ކުޅުދުއްފުށި އޮންލައިން މެދުވެރިކޮށް މޯލްޑިވިއަންގެ ޓިކެޓް ބައްލަވައިގަތް ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންއެކެވެ.

އެ މުއްދަތުގެ ތެރޭގައި ޓިކެޓް ބައްލަވައިގަތް ފަރާތްތަކުގެ މެދުގައި ގުރުއަތު ނަންގަވައިދެއްވީ އިއްޔެ ސަލްސާ ރޯޔަލް ރެސްޓޯރަންޓްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓްރެޒަރަރ ހުސެއިން ރަޝީދެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިފަރާތަށް ހުށަހެޅިފައިވާ އިނާމަކީ އެޕަލް އައިޕެޑް މިނީ އެކެވެ. މިފަދަ އިތުރު ޕްރޮމޯޝަންތައް އަދިވެސް ކުރިއަށް ގެންދާނެކަމުގައި ކުޅުދުއްފުށި އޮންލައިންގެ މެނޭޖްމަންޓުން މައުލޫމާތު ދެއްވައެވެ.

ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓްރެޒަރަރ ހުސެއިން ރަޝީދު ގުރު ނަގައިދެއްވަނީ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355