ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރެއްގެ ގޮތުގައި ހޮވި ވަޑައިގެންނެވި ހުސައިން އަރީފް ޕީޕީއެމް އަށް ސޮއިކުރެެއްވީ މުލިއާގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ.
އަރީފްގެ އިތުރުން އެ ރަސްމިޔާތުގައި ޖެޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މިލަންދޫ ދާއިރާގެ މެމްބަރާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވެސް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.
ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު އަރީފް ވިދާޅުވީ އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވީ ސަރުކާރު ހިންގާ ޕާޓިއާ ގުޅިގެން ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރުންގެ އަދަދު 40 އަށް އިތުރުވެފައިވާއިރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ 5 މެންބަރުން އެބަތިއްބެވެ.