twitterviber whatsapp telegramfacebookyoutube instagram
13th February 2026

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލު އައްޔަން ކުރައްވައިފި

Jun 19, 2014

ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލު އައްޔަން ކުރައްވައިފި އެވެ.

އެ ޑިވިޜަންގެ އިތުރުންވެސް ވަނީ އިތުރު 3 ޑިވިޜަންގެ ކޮމާންޑަރުން ވަނީ އައްޔަނުކޮށްފަ އެވެ. އެއީ ނ،ރ،ބ އަދި ޅ އަތޮޅު ހިމެނޭ ނޯތު ޕޮލިސް ޑިވިޜަނުގެ ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަބުދުﷲ ނަޞީރު އާއި މ،ފ އަދި ދ ހިމެނޭ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަބުދުﷲ ނަޞީރު އެވެ.

އަދި ތ އާއި ލ ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝާކިރު އެވެ. މި ކޮމާންޑަރުން މިހާރު ޑިވިޜަންތަކުގެ މަސައްކަތްތަކާއި ހަވާލުވެފައިވާއިރު މި ހަތަރު ޑިވިޜަން އަށް އައު ކޮމާންޑަރުން ހޮވާފައި މިވަނީ ކުރިން ތިއްބެވި ކޮމާންޑަރުންގެ ޑިއުޓީ ޓާމް ހަމަވުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި ރާއްޖޭގެ އަތޮޅުތައް 7 ޑިވިޜަނަކަށް ބަހާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355