twitterviber whatsapp telegramfacebookyoutube instagram
12th August 2026

“ކުޅުދުއްފުށި އޮންލައިން”ގެ 4 ވަނަ ވާހަކަ ލިޔުމުގެ މުބާރާތުގައި 58 ދަރިވަރަކު ބައިވެރިވެއްޖެ

Jun 19, 2014

“ކުޅުދުއްފުށި އޮންލައިން” ގެ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 58 ދަރިވަރަކު ބައިވެރިވެއްޖެ އެވެ.

އަންނަ ހޮނިހިރު ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ޖަލާލުއްދީން ސްކޫލުން 50 ދަރިވަރަކު ބައިވެރިވެފައިވާއިރު މި އަހަރު އަލަށް މި މުބާރާތުގައި ވާދަކުރާ އަފީފުއްދީން ސްކޫލުން 8 ދަރިވަރަކު ބައިވެރި ވެއެވެ.

“ކުޅުދުއްފުށި އޮންލައިން” އާއި އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން ސްކޫލް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ވާހަކަ ލިޔުން ކުރިއަށް ދާނީ ޖަލާލުއްދީން ސްކޫލު ހޯލުގައި ހޮނިހިރު ދުވަހުގެ ހެދނުނު 9 ޖަހާއިރު އެވެ.

ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް އަދި އަފީފުއްދީން ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅު 15 ވާހަކަ “ކުޅުދުއްފުށި އޮންލައިން” ގައި ޝާއިއު ކުރާނެއެވެ.

މިދިޔަ އަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެއްވަނަ ލިބިފައިވަނީ އަހުމަދު އިބްރާހިމް ލިޔުނު “ކަސްބީ” ވާހަކަ އަށެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެއްވަނަ އަށް ދިޔަ ފަރާތަށް އެންޑްރޮއިޑް ޓެބްލެޓެއްގެ އިތުރުން ޓްރޮފީއަކާއި ހަނދާނީ ލިޔުމެއް ވަނީ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355