ށ. ކަނޑިތީމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ހޮޅިވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިއުލާންކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ ފަރާތުން ދޭ ބީއޯކިއު އާއި ކުރެހުންތަކާ އެއްގޮތަށް އެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަން ފޮތެއް 500ރ. އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މި މަހު 24 ން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެމްޑަބްލިޔުއެސްސީ ގައެވެ.
އަދި ޕްރީ ބިޑް މީޓިން ޖުލައި މަހުގެ 7 ވަނަ ދުވަހު ބާއްވާއިރު ބިޑް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ ޖުލައި މަހުގެ 14 ވަނަ ދުވަހު ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި 1000ރ. ދޭންޖެހެ އެވެ.
ށ. ކަނޑިތީމުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.