twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުށީގައި ހިނގި ގުރޫޕް މާރާމާރީއެއްގައި 3 މީހަކު ޒަހަމް ކޮށްލައިފި

Jun 21, 2014

ކުޅުދުއްފުށީގައި ރޭގެ 11:30 ހާއިރު ޒޯން ސްޓޭޑިއަމް ކައިރީ ހިނގި ގުރޫޕް މާރާމާރީއެއްގައި 3 މީހަކު ޒަހަމް ކޮށްލައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން  ޕޮލިސް މީޑިއާއިން ބުނީ ޒަހަމްވި 3 މީހުންނަށް ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންކަމަށެވެ.

މައުލޫމާތު ދެމުން ޕޮލިސް މީޑިޔާއިން ބުނީ މި މައްސަލައިގައި ތުހުމަތުކުރޭ ފަރާތްތައް ހޯދަމުންދާކަމުގަ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ޕޮލިސް މީޑިޔާއިން ހާމައެއް ނުކުރެ އެވެ.

މާރާމާރީ ހިނގި ސަރަހައްދުގައި ހުރި މީހަކު މައުލޫމާތުދިން ގޮތުގައި މި މާރާމާރީގައި ހޮޅިބުރިއާ ލަކުނޑި ބުރިތަކުން ހަމަލާދިން ކަމުގައި އެވެ.

މި މައްސަލަދަނީ ފުލުހުން އިތުރަށް ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355