twitterviber whatsapp telegramfacebookyoutube instagram
28th September 2026

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވެފައިވާތީ މުޒާހަރާކުރަމުން އެބަދޭ

Jun 21, 2014

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވެފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ ބަޔަކު ހޮސްޕިޓާ ކުރިމަތީގައި މުޒާހަރާކުރަމުން އެބަދެ އެވެ.

މިއަދު 10ޖެހިއިރު ފެށި މިމުޒާރަހާގެ ބައިވެރިން އަޑުގަދަކުރާއިން ގޮވަމުންގެންދަނީ ރީޖަނަލް ހޮސްޕިޓަލަކު ލިބެންހުންނަ ޖެހޭ ހިދުމަތްތައް އެތަނުން ލިބެނެތްކަމަށާއި މިނިސްޓްރީން އެހިދުމަތްތައް ފޯރުކޮށް ދިނުމަށެވެ. އަދި އެހިދުމަތްތައް ހޯދާނުދެވެންޏާ ހެލްތް މިނިސްޓަރ ޝަކީލާ އިސްތިއުފާ ދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގަވާލަމުންނެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ހޮސްޕިޓަލު އެތެރެއަށް ވަދެތިބި އިރު އަނެއްބައި ބައިވެރިން ތިބީ ބޭރުގައިކަން ފާހަގަކުރެވެ އެވެ. އަދި ހޮސްޕިޓަލުގެ މައިދެގޭޓް ކައިރީގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

މުޒާހަރާގައި ކައުންސިލުން އެއްވެސް މެންބަރަކު އަދި ބައިވެރިވެފައެއް ނުވެ އެވެ. ނިސްބަތުން މުޒާހަރާގައި އަމަލީގޮތުން ބައިވެރިވަމުންދަނީ މަދު ބައެއްކަން ފާހަގަކުރެ އެވެ.

މިއަދަކީ ގިނައަދަދެއްގެ ރައްޔިތުން އެހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ގޮސްތިބި ދުވަހެއް ކަން ފާހަގަކުރެވެ.

ހދ. އަތޮޅުގެ ހިއްސީ ހިދުމަށްދޭ ތަންތައް ވަނީ ” ކޯމާ ” އެއްކަމަށް ހދ. އަތޮޅު ކައުންސިލުން ވަނީ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

[yass cats=82]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293