twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި ކާރެއް ދަށުވެ ކުޑަ އަންހެން ކުއްޖަކު ޒަހަމް ވެއްޖެ

Jun 21, 2014

ކުޅުދުއްފުށީގައި ކުޑަ އަންހެން ކުއްޖަކު ކާރެއްގެ ދަށުވެ ޒަހަމް ވެއްޖެ އެވެ.

މިއަދު މެންދުރުފަހު 12:30 ހާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ހިނގި މިއެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާ ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

މަންޒަރު ދުއް މީހަކު ބުނީ އެކުއްޖާ އޮތީ އެއްކޮށް ކާރު ދަށުވެފައި ކަމަށާއި އެކުއްޖާ ނެގީ ކާރުގެ ދަށުން ކަމަށެވެ. ނަމަވެސް ކާރުގެ ފުރޮޅަކާ ދިމާނުވާކަމަށް އެމީހާ ބުންޏެވެ.

” ކުއްޖާގެ ގައިގާ ކާރު ޖެހުނީ ކާރުގެ ކުރިމަތިން. ކުއްޖާ އެއްކޮށް އޮތީ ކާރުގެ ދަށުގަ.” މަންޒަރު ދުއް މީހަކު ކިޔައިދިނެވެ. “ކާރުގެ ދަށުގައި ކުއްޖާ އޮތީ އުއްޑުން ކަމުން އެކުއްޖާގެ މަތީ ދަތްޕިލާއަށް ވަނީ ގެއްލުން ލިބިފައި.”

ހދ .ނޮޅިވަރަމްގެ މި އަންހެން ކުއްޖާ ކާރުގެ ދަށުން ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެތަނުގައި ތިބި މީހުންނެވެ.

މިއެކްސިޑެންޓް ހިނގި ވަގުތު އެކުއްޖާގެ ދައްތަ އޭނާއާ ދޮޅުފޫޓެއްހާ ކައިރީގައި ހުރިކަމަށް ވެއެވެ.

[yass cats=83]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355