ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތްތަށް ދަށްވެފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިއަދު ފެށި މުޒާހަރާ 12 ޖެހުމުން މެދުކަނޑާލުމަށްފަހު އަލުން މިއަދު ހަވީރު 4 ޖަހާއިރު މުޒާހާރާ ފަށާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފި އެވެ.
ހޮސްޕިޓާ ކުރިމަތީގައި މިއަދު ކުރަންފެށި މިމުޒާހަރާގައި އަތޮޅު ކައުންސިލުގެެ ނާއިބު ރައީސް އަހުމަދު އާތިފް އާއި ރަށު ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވަނީ މުޒާހަރާގައި ބައިވެރިވެ، އެފަރާތަކުން އެމުޒާހަރާއަށް ތާއިދު ކުރައްވާކަމަށް ވިދާޅުވި އެވެ.
މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވިނަމަވެސް ބައެއް ފަރާތަކުން ވަނީ ފުލުހުންނާ ޒުވާބުކޮށްފަ އެވެ. އަދި މުޒާހަރާގެ އަންހެން ބައިވެރިން ވަނީ ހޮސްޕިޓަލު އެތެރެއަށް ވެސް ވަދެފަ އެވެ.
މިމުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ލިބެންހުންނަ ޖެހޭ ހިދުމަތްތައް އެތަނުން ލިބެނެތްކަމަށާއި މިނިސްޓްރީން އެހިދުމަތްތައް ފޯރުކޮށް ދިނުމަށެވެ. އަދި އެހިދުމަތްތައް ހޯދާނުދެވެންޏާ ހެލްތް މިނިސްޓަރ ޝަކީލާ އިސްތިއުފާ ދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގަވާލަމުންނެވެ.
މިފަހަކަށް އައިސް ކުޅުދުއްފުށީ ހޮސްޕިޓަލްގައިވަނީ އެތައް ހިތާމަވެރި ހާދިސާތަކެއް ހިނގާފަކަން ފާހަގަ ކޮށްލެވެ އެވެ.
ހދ.އަތޮޅު ކައުންސިލުންވަނީ މުޒާހަރާއަށް ނިކުންނާނެ ކަމުގެ އިންޒާރު މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނުގައި ދީފަ އެވެ. ކައުންސިލުން ނެރުނު މި ނޫސް ބަޔާނުގައި ކުޅުދުއްފުށީ ހޮސްޕިޓަލާއި ބެހޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ހެލްތު މިނިސްޓަރ ޝަކީލާ ބުނުއްވާފައިވާކަމަށް ފާހަގަކޮށްފައިވެ އެވެ.