twitterviber whatsapp telegramfacebookyoutube instagram
10th April 2026

އަމީރު އަމީން ސްކޫލުގެ ޤުރުއާން މުބާރާތް ބާއްވައިފި

Jun 23, 2014

އަމީރު އަމީން ސްކޫލުގެ ޤުރުއާން މުބާރާތް ބާއްވައިފި އެވެ.

ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށްޓަކައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ޤުރުއާން މުބާރާތުގައި ނާސަރީގެ 74 ދަރިވަރުންނާއި އެލްކޭޖީގެ 61 ދަރިވަރުންނާއި ޔޫކޭޖީގެ 89 ދަރިވަރުންނާ އެކު ޖުމްލަ 224 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

އިހުލާސް ޤުރުއާން ކުލާހުގެ ހެޑް މާސްޓަރ މޫސާ މާހިރު ޝަރަފުވެރިކޮށްދެއްވި މި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެލްކެޖީ އަދި ޔޫކޭޖީގެ ދަރިވަރުން ތެރެއިން އެންމެ މޮޅު ދިހަ ދަރިވަރުން ހޮވައި އެ ދަރިވަރުންނަށް އިނާމު ދީފަ އެވެ. އަދި ނަސަރީގެ ދަރިވަރުންގެ މެދުގައި ވަނަ ނުހޮވައި ކަމަށްވެސް އެ ސްކޫލުން މައުލޫމާތު ދިނެވެ.

ވަކި މުގައްރަރުތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި އަދި ހުކުރު ދުވަހު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355