twitterviber whatsapp telegramfacebookyoutube instagram
23rd December 2025

ރޯދަމަހާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ޕްރޮމޯޝަނެއް

Jun 23, 2014

މޯލްޑިވިއަންއިން ރޯދަމަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފި އެވެ.

މި ޕްރޮމޯޝަންގައި ޓްރިވެންޑްރަމް އަދި ޗެންނާއީ ގެ ދަތުރުތަކުގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން މާލެ އިން ޓްރިވެންޑްރަމަށާއި ޗެންނާއީއަށް ދަތުރު ކުރުމުގެ އަގު ވަނީ 199 ޑޮލަރަށް ތިރިކޮށްފަ އެވެ.

ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވެނީ 4 މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން އެއްކޮށް ދަތުރު ކުރުމަށް ބުކިން ހެދުމުންނެނެވެ.

މި ޕްރޮމޯޝަންގެ ދަށުން ޓްރިވެންޑްރަމް އަށާއި ޗެންނާއީއަށް އަގުހެޔޮކޮށް ވިއްކާ ޓިކެޓް ކުޅުދުއްފުށި އޮންލައިން އިން ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355