twitterviber whatsapp telegramfacebookyoutube instagram
28th September 2026

ހދ. އަތޮޅު ކައުންސިލުގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފި

Jun 23, 2014

ހދ އަތޮޅު ކައުންސިލުގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.

އަތޮޅު ކައުންސިލުގެ ޑީޖީ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެ  ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

މި މާގަމަށް ޝައުގުވެރިވާ ބޭފުޅުން މި މަހުގެ 30 ގެ ކުރިން އަތޮޅު ކައުންސިލް އިދާރާއަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293