twitterviber whatsapp telegramfacebookyoutube instagram
10th September 2025

ހިއްކި ސަރަހައްދު ގިރަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ވާނީ ގެނެސްފައި: ކުޅުދުއްފުށީ ކައުންސިލް

Jun 28, 2014

ކުޅުދުއްފުށީގައި އަލަށް ހިއްކި 28 ހެކްޓަރު ސަރަހައްދުން، ބޮޑު ބައެއް ގިރަމުންދާ މައްސަލަ ސަރުކާރުގެ ކަމާގުޅުން ހުރި މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މި ދައުރުގެ ކައުންސިލް ހުވާ ކުރުމާއެކު ވެލިގަނޑު ގިރަމުންދާ މައްސަލަ ހައްލެއް ހޯދައިދިނުމަށް އެދި ހައުސިންގ މިނިސްޓަރަށާއި އެންވަޔަރމެންޓް މިނިސްޓަރަށް މިދިޔަ އެޕްރީލް މަހު ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

އެހެންނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅިގެން ކައުންސިލުން މިނިސްޓްރީތަކަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިނުވާ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

” ބޮޑުހިލަ ޖަހައިގެން ނަމަވެސް ވެލިގަނޑު ގިރުން ހުއްޓުވަން ކައުންސިލުން ބޭނުންވަނީ..” ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ވެލިގަނޑުގެ ހުރިހާ ދިމާލަކުން ގާތްގަނޑަކަށް  500 ފޫޓް މިހާރުވެސް ގިރައިގެން ގޮސްފައިވާ ކަމަށާއި މިކަމަކީ ކައުންސިލުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

2010 ވަނަ އަހަރު ހިއްކި މި ސަރަހައްދުގެ ވަރަށް ބޮޑުބައެއް މީގެ ކުރިންވެސް ވަނީ ގިރައިގެން ގޮސްފައެވެ. އެ ސަރަހައްދު ހިއްކަން ވެލި އެޅިފަހުން އެ ސަރަހައްދުގެ ވެލިގަނޑު ހިފެހެއްޓުމަށް އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355