twitterviber whatsapp telegramfacebookyoutube instagram
28th September 2026

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ 40 ދަރިވަރަކު ދަސްވެނިވި ކަމުގެ ސެޓްފިކެޓް ހާސިލްކޮށްފި

Jun 27, 2014

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ 40 ދަރިވަރަކު ދަސްވެނިވި ކަމުގެ ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

ދަސްވެނިވި ދަރިވަރުންނަން ސެޓްފިކެޓް ދިނުމަށްޓަކާ މިރޭ ޖަލާލުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަން ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރ ގާސިމް އަބުދުލް ރަހީމެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރިމެހެމާން ވިދާޅުވީ މިޒަމާނަކީ ވަޒީފާ ބާޒާރުގައި ވާދަވެރި ދުވަސްތަކެއް ކަމުން ވަޒީފާ ލިބެހުރި ދިމާލަކަށް ގޮސްގެން ވަޒީފާ ހޯދުމަށް އެދިލެއްވި އެވެ. އަދި މިއީ ތައުލީމީ ހަޔާތް ނިންމުން ކަމުގައި ނުދެކި ތައުލީމީ ގޮތުން ކުރިއަށްދެވެހުރި އުސްމިނަކަށް ދިއުމަށް ގާސިމް އަބުދުލް ރަހީމް ދަރިވަރުންނަން ގޮވާލި އެވެ. މަސްތުގެ ވަބާގައި ނުޖެހި ރިވެތި އަހްލާގުގައި ދެމި ތިބެއްވުމަށް ވެސް އެދުނެވެ.

މިރަސްމިއްޔާތުގައި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހްދީ ސާހިދު ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފަހު ދަރިވަރުން ރަށަށް ނުވަތަ ސްކޫލަށް ހިދުމަތް ކޮށްދިނުމަށެވެ. އަދި ސްކޫލުގެ އިސްދަރިވަރުންގެ ޖަމްއިއްޔާއެއް އުއްފެދިގެން ދިއުމަކީ އެބޭފުޅާގެ އުއްމީދެއް ކަމަށް ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލުން މަތީ ސާނަވީގައި އިމްތިހާނުގައި 48 ދަރިވަރަކު ބައިވެރިވިއިރު ” ޑީ ” ރިޕޯޓަށްވުރެ މަތިން ލިބިގެން ދަސްވެނިވި ކަމުގެ ސެޓްފިކެޓް ހޯދީ 40 ދަރިވަރުންނެވެ.

[yass cats=87]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293