twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކުޅުދުއްފުށީގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

Jun 30, 2014

ކުޅުދުއްފުށީ ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން އޮންނާނީ ހެނދުނު 10:30 ން މެންދުރުފަހު 01:00 ށެވެ.

މިއަހަރުގެ ފިތުރު ޒަކާތް ނަގަން ހަމަޖެހިފައިވަނީ އެމީހަކު ނުވަތަ އެބަޔަކު އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ އެވެ. ނުވަތަ 2.4 ކިލޯ އަދަދަށްވާ ފައިސާ އެވެ. މި އަހަރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ 2.4 ކިލޯގެ އަދަދަށްވާ ފައިސާ އިންނެވެ.

ފައިސާއިން މީހަކަށް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ ކަމަށާއި ތައިލެންޑު ހަނޑުލުން ނުވަތަ ބާސްމަތީ ހަނޑުލުންނަމަ 53 ރުފިޔާ އަދި ސުލްތާން ނުވަތަ ރަތްހަނޑުލުންނަމަ 78 ރުފިޔާ ކަމަށާއި އެގެއެއްގައި އާއްމު ގޮތެއްގައި ފުށް ކެއުމުގައި ބޭނުންކުރާނަމަ ޒަކާތް ދައްކަންޖެހޭނީ އާދައިގެ ހަނޑުލުގެ ރޭޓުން ކަމަށް އެއިދާރާއިން ހާމަކުރެއެވެ.

ކައުންސިލުން އިތުރަށް ބުނި ގޮތުގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޖުލައި މަހުގެ 15 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ފުރަންޖެހޭ ފޯމް ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެކަމެވެ.

މިދިޔަ އަހަރު ކުޅުދުއްފުށީގައި ފަގީރުންގެ ގޮތުގައި 1292 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި ރަމަޟާން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގެ 7377 މީހުންގެ މަތިން 110417 ރުފިޔާ ފިތުރުގެ ގޮތުގައި ދައްކާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355