twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގުގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގައި މިފަހަރުވެސް އަގުހުރި އިނާމްތަކެއް

Jul 2, 2014

މި ރަމަޟާންމަހަށް ހާއްސަކޮށްގެން ދިރާގުން އަގުހުރި އިނާމުތަކާއެކު ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

ދިރާގުން ފެށި ޕްރޮމޯޝަންތަކުގެ ތެރޭގައި “ދިރާގު ބޮޑު ހަދިޔާ” ގެ ނަމުގައި ހަފުތާއަކު އެއްފަހަރު ގުރުއަތުން ހޮވޭ ބޭފުޅަކަށް ޔަމަހާ ސައިކަލެއް ލިބޭނެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. މި ގުރުއަތު ނެގޭނީ ދިރާގު ޕޯސްޓް ޕެއިޑް ބޭނުންކުރައްވާ ކަސްޓަމަރުންގެ މެދުގަ އެވެ.

ރޯދަމަހު ލިބޭ އިނާމެއްގެ ގޮތުގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް ތިން ރޫމުގެ އެޕާޓްމެންޓަކަށް ބޭނުންވާ ހުރިހާ ސާމާނެއް، އޭގެ ތެރޭގައި ފަރުނީޗަރާއި އައިސް އަލަމާރި ފަދަ ތަކެތި ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހަފްތާއެއްގެ ތެރޭގައި 75 ރުފިޔާ ހަރަދުކޮށްގެން ހުކުރު ދުވަހު ހިލޭ ކޯލް ކުރެވޭނެ ޕްރޮމޯޝަނެއްވެސް ވަނީ ދިރާގުން ތައާރަފުކޮށްފަ އެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އެފްއެފް ޖެއްސެވުމަށް ފަހު 343 އަކަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ އެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާއަށް މިނެޓަކު 1.89ރ އަށް ގުޅޭނެ ޕްރޮމޯޝަނަކާއި އަލަށް ޕްރިޕެއިޑްއެއް ނަންގަވާ ކޮންމެ ނަމްބަރަކަށް 150 އެމްބީ ހިލޭ ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.

ނަމާދު ވަގުތު ހަނދާން ކޮށްދިނުމުގެ އެސްއެމްއެސްގެ ހިދުމަތް ހިލޭ ލިބޭނެ ގޮތްވެސް ވަނީ ދިރާގުން ފަހިކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355