twitterviber whatsapp telegramfacebookyoutube instagram
19th August 2025

ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Apr 5, 2025

ކުޅުދުއްފުށީ އަމީނީމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިއަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިރޭ ގާތްގަނޑަކަށް 10:40 އެހާއިރު ހިނގި މި އެކްސިޑެންޓްވީ އަމީނީމަގުން އުތުރުން ދެކުނަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކާއި ސަރުދާރުމަގުން އަމީނީމަގަށް ނުކުންނަށް ދިޔަ ސައިކަލެއްގައި ޖެހި އެވެ.

މަންޒަރު ދުއް ބައެއް މީހުން ބުނީ، އަމީނީމަގުން އުތުރުން ދެކުނަށްދިޔަ ދުއްވާ ދިޔަ ސައިކަލް ދިޔައީ ވަރަށް ބާރު ސްޕީޑްގައި ކަމަށާއި އެ ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. އޭނާ ބޯފަޅައިގެންގޮސް މަގުމައްޗަށް ގިނަ އަދަދަކަށް ލޭ ފައިބާފައި ހުއްޓެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސްގަ އެވެ.

އެކްސިޑެންޓްވި ދެވަނަ ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އޭނާއަށް ބޭރު ފުށުން ބޮޑު އަނިޔާއެއް ނުލިބުނަސް އެކި އަނިޔާތައް ލިބިފައިވެ އެވެ.

ފިރިހެން މީހާއަށް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އޭނާއަށް ލިބިފައިވާ އަނިޔާތަކާ ބެހޭ ގޮތުން އަދި ހޮސްޕިޓަލުން ވަކި އެއްޗެއް ނުބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355