twitterviber whatsapp telegramfacebookyoutube instagram
7th April 2025

ސަރުކާރަށް 17 މަސްވެގެންދާއިރު ކުޅުދުއްފުއްޓަށްވީ ކަމެއް ނެތް: ރިލޭ

އަބްދުލް ވާހިދު ޙަސަން
Apr 6, 2025
4

ސަރުކާރަށް 17 މަސްވެގެންދާއިރު ކުޅުދުއްފުއްޓަށް އެއްވެސް ކަމެއް ނުވާކަމަށް ވިދާޅުވެ ސިޓީ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ފާޑުވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި ރިލޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފެނިގެންދަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން ދިން ބާރުތައް ސަރުކާރަށް ދިނުމަށް އެ މެންބަރުން އަމިއްލައަށް މަސައްކަތްކުރާ މަންޒަރުކަމަށާއި ސަރުކާރަށް 17 މަސްވެގެންދިޔައިރު ކުޅުދުއްފުއްޓަށްވީ ކަމެއް ނެތްކަމަށެވެ.

"ވެރިކަމަށް 17 މަސްވެގެންދާއިރު ކުޅުދުއްފުއްޓައް ވީކަމެއް ނެއް ތާނގަ، ނިމިދިޔަސަރުކާރުން ފަށާފައިވާ މަސައްކަތްތައްވެސް ވަނީ ހުއްޓިފަ. 2024 ވަނައަހަރު ބަޖެޓަށް ވީގޮތެއް ބުނެނުދެވުން. 2025 ވަނައަހަރު ބަޖެޓްގަ ކުޅުދުއްފުއްޓަށް އޮތީ ކޮން ޕްރޮޖެކްޓެއް ކަމެއް އެނގޭނެ މެންބަރެއްނެތް." ރިލޭ ވިދާޅުވި އެވެ.

އަދި މިދިޔަ ސަރުކާރުން ކުޅުދުއްފުށީގައި ފެށި މަޝްރޫއުތައް ހުއްޓިފައިވާއިރު 2024 ވަނަ އަހަރުގެ ބަޖެޓަށް ވީގޮތްވެސް ބުނެނުދެވުނު ކަމުގައި އޭނާ ވިދާޅުވި އެވެ. ރިލޭ އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުއްޓަށް އޮތީ ކޮން މަޝްރޫއުތަކެއްވެސް އެނގޭ މަޖިލިސް މެންބަރަކު ނެތް ކަމަށެވެ.

ހުރިހާ ނިކަމެތި ކަމެއް ރަށްޔިތުން ތަހައްމަލް ކުރާއިރު ފެނިގެން ދަނީ އެދެވޭ މަސައްކަތެއް ނުކޮށް މެންބަރު ނިސްބަތްވާ ކުލަބަކާ ހެދި މަރުދަން ޖެހޭތަން ކަމުގައިވެސް ރިލޭ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355