ޗައިނާގެ ވޫހަން ސިޓީއަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަތުރުތައް ފަށައިފި އެވެ.
ޗައިނާގެ ވިޔަފާރިގެ މަޝްހޫރު ސިޓީއެއް ކަމުގައިވާ ވޫހަން އަށް ދަތުރުތައް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު މި އުދުހުންތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ 152 ގޮނޑީގެ އެއާބަސް އޭ 320 މަރުކާގެ ބޯޓެވެ.
ހަފުތާއަކު އެއްފަހަރު ވޫހަން ސިޓީއަށް ފުލައިޓެއް ބާއްވަން ހަމަޖެހިފައިވާއިރު ޗައިނާގެ ޗިންގްޗޮން ސިޓީއަށް މިހާރުވެސް މޯލްޑިވިއަން އިން ދަނީ ދަތުރުކުރަމުންނެވެ.
މޯލްޑިވިއަން އިން ވަނީ މި ރަމަޟާން މަހާ ދިމާކޮށް ޓްރިވެންޑްރަމް އަދި ޗެންނާއީ ގެ ދަތުރުތަކުގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން މާލެ އިން ޓްރިވެންޑްރަމަށާއި ޗެންނާއީއަށް ދަތުރު ކުރުމުގެ އަގު ވަނީ 199 ޑޮލަރަށް ތިރިކޮށްފަ އެވެ.