twitterviber whatsapp telegramfacebookyoutube instagram
28th September 2026

89 މީހުންނާ އެކު މާލެ ދަތުރު ކުރަމުންދިޔަ ބާދްޝާހް ބޯޓް ތެޔޮ ހުސްވެގެން ދެ ބަނޑޮސް ދޭތެރެއަށް ހުއްޓިއްޖެ

Jul 6, 2014

89 މީހުންނާ އެކު މާލެ ދަތުރުކުރަމުންދިޔަ ކުޅުދުއްފުށީ ބާދްޝާހް ބޯޓް ތެޔޮ ހުސްވެގެން ދެބަނޑޮސް ދޭތެރެއަށް ހުއްޓިއްޖެ އެވެ.

ބާދްޝާހް ބޯޓްގެ ކައްޕި މި ނޫހަށް މައުލޫމާތު ދެއްވަމުން ބުނީ ބޯޓް ހުއްޓުނީ 2:15 ހާއިރުކަމަށާއި ހުއްޓެން ދިމާވި ސަބަބަކީ ޑީސެލް ހުސްވެގެންކަމުގަ އެވެ.

ބޯޓް ހުއްޓިފައިވަނީ ބަނޑޮސް ކައިރީގައިކަމުގާ ކައްޕި އިތުރަށް މައުލޫމާތުން ދެމުން ބުންޏެވެ. އަދި 15 ވަރަކަށް މިނެޓު ތެރޭގައި ތެޔޮ ލިބޭނެ ކަމުގަޔާއި އެއަށްފަހު ބޯޓް ސްޓާރޓް ކުރެވޭނެކަމުގަ އެވެ.

ބާދްޝާހް ބޯޓް ކުޅުދުއްފުށިން މާލެ ދާން ފުރާފައިވަނީ ރޭ 2 ޖަހެއިރު އެވެ.

[yass cats=90]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293