twitterviber whatsapp telegramfacebookyoutube instagram
5th November 2025

ފަނޑިޔާރު އަލީ އާދަމާ ހުތުރު ބަހުން މުއާމަލާތްކޮށް މާރާމާރީ ހިންގަން އުޅުނު ދުވަސްވީ މީހަކު ހައްޔަރުކޮށްފި

Jul 7, 2014

ހދ އަތޮޅަށް ޖުޑިޝަރީން ކަނޑައަޅާފައިހުންނަ ފަނޑިޔާރު އަލީ އާދަމަށް ހަނޑިހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރުދީ، މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ދުވަސްވީ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުއްފުށީ ރެޑިއަމްގޭ އާދަމް ގާސިމް (68އ) އެވެ.

ފުލުހުން ބުނީ އަތޮޅު ތެރޭގެ ރަށެއްގައި ކޯޓެއްގެ މެޖިސްޓްރޭޓަކާ ހަނޑި ހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރުދީ، މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 68 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މުލަ ރޯދަ ދުވަހު މަސްޖިދުލް ހަޟާރަތުން މެޖިސްޓްރޭޓް އަލީ އާދަމް މެންދުރު ނަމާދުން ފޭބި ވަގުތު އޭނާ މި ފަދައިން އަމަލުކޮށްފައިވަނީ އޭނާއާމެދު ތުހުމަތު ކުރެވުނު ފަންޑިތަ ހެދުމުގެ މައްސަލައަކާ ގުޅިގެން، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓް އަމުރަކާމެދު ހިތްހަމަނުޖެހިގެންކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އިއްޔެގެ މެންދުރުގެ ވަގުތުގައި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެހެން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 5 ދުވަސް ވަނީ ދީފައެވެ.

މި މައްސަލަ ދަނީ ފުލުހުން އިތުރަށް ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355