ހަދީޖާ އާދަމް
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ހދ. އަތޮޅު ކައުންސިލުން ފަށައިފި އެވެ.
ހދ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން މި ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ ހަނިމާދޫގައި ވަނީ ދަރުސެއް ބާއްވާފައި އެވެ.
ހދ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މި ދީނީ ދަރުސް ޕްރޮގްރާމްގައި ދަރުސް ދެއްވާ ބޭފުޅުންގެ ތެރޭގައި ޝެއިހް އިލްޔާސް ހުސެއިން، ޝެއިހް އަލީ ޒާހިރު އަދި ޝެއިހް ސަމީރު ވެސް ހިމެނެއެވެ.
އަތޮޅުގެ އާބާދީ ބޮޑެތި ރަށްރަށުގައި ދެ ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ސްކޫލް ދަރިވަރުންނަށް ދަރުސް ދިނުމުގެ އިންތިޒާމުވެސް ހަމަޖައްސަވަމުން އަންނަ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.
ހދ. ފިނޭ، ނައިވާދޫ އަދި ހިރިމަރަދޫގައި ހޯމަ ދުވަހު ދަރުސް ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާއިރު އިއްޔެ އެ ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ހދ. ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫގަ އެވެ.
މި ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގައި ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއެވެ.