twitterviber whatsapp telegramfacebookyoutube instagram
1st June 2026

ދިއްދޫ ކައުންސިލުގެ ރައީސް ޕީޕީއެމްއަށް ސޮއިކުރައްވައިފި

Jul 8, 2014

ހއ ދިއްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ސިނާން ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

ދިއްދޫ އަތޮޅުގޭގައި ބޭއްވި ރަސްމިޔާތެއްގައި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލް މެމްބަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ސިނާން ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކުރައްވައި ފޯމް ހަވާލުކޮށްފައިވަނީ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާ އެވެ.

ކައުންސިލުގެ ރައީސްގެ އިތުރުން ކުރީގެ ކައުންސިލް މެމްބަރު އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ޖަމީލުވެސް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.

މި ރަސްމިޔާތުގައި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ އިތުރުން ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވެސް  ބައިވެރިވެވަޑައިގަތެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355